ދިވެހިތާރީޚުގައި ރަސްމީކޮށް ފުރަތަމަ ފަހަރަށް އުފައްދާ ޢިލްމުވެރިންގެ މަޖްލިސް ކަމުގައިވާ ދިވެހިރާއްޖޭގެ ފިޤުހު އެކަޑަމީ ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު ހުޅުއްވައިދެއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި ޙަފްލާގައި ދައުލަތުގެ ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދިވެހިރާއްޖޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
|