ފިޤުހު އެކަޑަމީ އަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ދީނީ އަސާސީ މަޢްލޫމާތު ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ މުއައްސާއެއްކަމުން މި މުއައްސަސާގައި ދެޖިންސުގެ ޤާބިލް މީހުން ތިބުމަކީ މުހިންމުކަމެއްކަމުގައި ދެކިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ވަނީ އެކަޑަމީގެ އެޑްވައިޒަރީ ބޯޑަށް ދެ އަންހެންބޭފުޅަކު ޢައްޔަންކޮށްފައެވެ.
މިގޮތުން މި މަޤާމަށް އައްޔަންކުރެވުނީ އަލްއުސްތާޛާ ފާތިމަތު ޝާފިޔާއާއި އަލްއުސްތާޛާ އަނާރާ ނަޢީމް އެވެ.
|