|
1 |
ނަން: |
މިއުސޫލުތަކަށް ކިޔާނީ "ދިވެހިރާއްޖޭގެ ފިގުހު އެކަޑަމީ ހިންގުމާއި ބެހޭ އުސޫލުތަކެވެ" މިހެންނެވެ. |
|
2 |
އެކަޑަމީގެ އިދާރާ:
|
(ހ) މިއެކަޑަމީގެ އިދާރާ ހިގަމުންދާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ދަށުން ރާއްޖޭގެ ވެރިކަންކުރާ ރަށް ފުރަ މާލޭގައެވެ.
(ށ) އެކަޑަމީގެ އިދާރީ ހިންގުމާއި ބެހޭ އެންމެހާ ކަންތައްތައްރާވާ ހިންގާނީ އެކަޑަމީގެ ބޯޑުގެ މަޝްވަރާގެ މަތިން ބޯޑުން ކަނޑައަޅާ ސެކްޓޭރިއަޓުންނެވެ.
(ނ) އެކަޑަމީގެ އިދާރީ ހިންގުމާއި ބެހޭ މުވައްޒަފަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ހުށަހަޅާ ފަރާތަކަށްވާންވާނެއެވެ.
|
|
3 |
އެކަޑަމީގެ މަގްޞަދު:
|
ފިގުހު އެކަޑަމީ ގާއިމްކުރެވުނު މަގްޞަދު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ދިވެހި ރާއްޖޭގައި ތިއްބެވި ދީނީ ޢާލިމުންގެ މެދުގައި ދީނީ މައްސަލަތަކުގައި ވާހަކަދައްކައި ބަޙުސްކުރެވޭނެ ޖާގަ ހޯދައިދިނުން؛
(ށ) އިސްލާމީ ގައުމުތަކުގައި ގާއިމްކުރެވިފައިވާ ދީނީ އެކަޑަމީތަކާއި ގުޅުން ގާއިމްކުރުން.
(ނ) އިސްލާމީ ގައުމުތަކުގައި ގާއިމްކުރެވިފައިވާ ދީނީ އެކަޑަމީތަކުގެ ނިންމުން ދިވެހިމުޖްތަމަޢަށް ފޯރުކޮށްދިނުން.
(ރ) އިލްމީ ދިރާސާތަކާއި، މަޒްމޫނުތައް ޝާޢިއުކުރުމަށްޓަކައި،ޢިލްމީގޮތުން ފެންވަރު ރަނގަޅު މަޖައްލާއެއްނެރުން.
(ބ) ދީނީ ގޮތުން ދިމާވާ މިޒަމާނުގެ މައްސަލަތައް ދިރާސާކޮށް، ޝަރުޢީ އުސޫލުގެ މައްޗަށާއި، މުޖުތަމަޢުގެ އާދަކާދަޔަށް ރިޢާޔަތްކޮށް އިޖްތިހާދު ކުރުމަށާއި، ދީނީގޮތުން ޢާލިމުން ހޯދައިފައިވާ ޒަމާނީ ޙައްލުތަކަށް އެކަޑަމީގެ ވިސްނުން ހުޅުވާލުން.
(ޅ) ދިވެހި މުޖްތަޢުގައި ދީނީގޮތުން ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރުން.
(ކ) ދީނީގޮތުން ވަކިމައްސަލައެއްގައި އޮންނަގޮތް ސާފުކޮށްދިނުމަށް ސަރުކާރުން ނުވަތަ ދައުލަތުގެ އިދާރާއަކުން އެދިއްޖެނަމަ، އެކަމަކީ އިސްލާމީ ގައުމުތަކުގައި މިފަދަ އެކަޑީމީތަކުން ނިންމާފައިވާކަމެއް ކަމުގައިވާނަމަ އެގޮތް ސާފުކޮށް ދިނުމާއި، ދިވެހިރާއްޖެއަށް ޚާއްޞަ މައްސަލައެއްނަމަ އެކަމެއް ދިރާސާކޮށް، އެކަމުގައި ދީނީގޮތުން އޮތް އެންމެ ރާޖިޙުގޮތް ބަޔާންކޮށްދިނުން. |
|
4
|
އެކަޑަމީގެ މެމްބަރުން
|
އެކަޑަމީގެ މެމްބަރަކަށް ވެވޭނެގޮތް ތިރީގައި ބަޔާންކޮށްފައިމިވަނީއެވެ.
(ހ) ދިވެހިރާއްޖޭ ދީނީ ޢާލިމުންގެ ތެރެއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ފަރާތުން ދަޢުވަތު ދޭފަރާތެއް.
(ށ) ދިވެހިރާއްޖޭގެ ޢާލިމުންގެ ތެރެއިން އެކަޑަމީގެ މެމްބަރަކަށްވުމަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އެކަޑަމީގެ ބޯޑުން ބަލައިގަންނަފަރާތެއް.
|
|
5 |
މެމްބަރެއްގެ ޝަރުތު |
އެކަޑަމީގެ މެމްބަރަކަށްވެވޭނީ ތިރީގައި ބަޔާންކުރާ ޝަރުތުތައް އެމީހެއްގެ ކިބައިގައި ހުރިމީހަކަށެވެ.
(ހ) ދިވެހިރައްޔިތަކަށްވުން.
(ށ) ޝަރުޢިއްޔާއިން ނުވަތަ އިސްލާމިކް ތަޢްލީމުގެ ރޮގުން މަދުވެގެން ޑިގްރީއެއް ހަދާފައިވުން އަދި.
(ނ) ޝަރުޢީ ނުވަތަ ދީނީ މައްސަލަތަކުގައި ފާހަގަކުރެވޭ މިންވަރަށް ރިސާޗް ނުވަތަ ދިރާސާކުރުމުގައި ޙަރަކާތްތެރިވާ ފަރާތެއްކަމަށްވުން.
|
|
6 |
އެކަޑަމީގެ އޮނިގަނޑު |
އެކަޑަމީގެ އޮނިގަނޑު އެކުލެވިގެންވާގޮތް ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.
(ހ) އެކަޑަމީގެ ރައީސް
(ށ) އެކަޑަމީގެ ނާއިބް ރައީސް
(ނ) އެކަޑަމީގެ ބޯޑް
(ރ) އެކަޑަމީގެ ސެކެޓޭރިއެޓް
(ބ) މީގެ އިތުރުން އެކަޑަމީގެ ބޯޑުން އުފައްދާ އެހެނިހެން ކޮމެޓީތަށް ނުވަތަ އެފަދަ އެހެންބައެއް
|
|
7 |
އެކަޑަމީގެ ބޯޑް
|
ފިގުހު އެކަޑަމީގެ ބޯޑު އެކުލެވިގެންވަނީ ތިރީގައި ބަޔާންކޮށްފައިވާގޮތުގެ މަތީންނެވެ.
(ހ) ދިވެހިރާއްޖޭގެ ދީނީ ޢާލިމުންގެތެރެއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ފަރާތުން ދަޢުވަތުދޭފަރާތެއް.
(ށ)ފާހަގަކުރެވޭ ފެންވަރަށް ދީނީގޮތުން މުޖްތަމަޢަށް ޚިދުމަތްކުރައްވާކަމަށް ފާހަގަކުރެވޭ އަދި އެކަޑަމީގެ މެމްބަރަކަށްވުމުގެ ޝަރުތުތައް އެމީހެއްގެ ކިބައިގައި ހުރި އެކަޑަމީގެ ބޯޑުން ހޮވާ މެމްބަރެއް.
|
|
8 |
އެކަޑަމީގެ ބޯޑްގެ މަސްއޫލިއްޔަތު
|
އެކަޑަމީގެ ބޯޑަކީ އެކަޑަމީގެ އެންމެ އިސް އަސާސެވެ. އެހެން ގޮތަކަށް މިގަވާއިދުން ބަޔާންކޮށްފައި ނުވާހިދަކު ނުވަތަ އެކަޑަމީއިން ކަނޑަނައަޅާހާހިދަކު އެކަޑަމީ ހިންގުމާއި ބެހޭގޮތުން އެންމެހާނިންމުންތައް ނިންމާފަރާތަކީ އެކަޑަމީގެ ބޯޑެވެ. އެކަޑަމީގެ ބޯޑުން ތިރީގައި ބަޔާން ކޮށްފައިވާ ކަންތައްތައްކުރުމުގެ ބާރުލިބިގެންވެއެވެ.
(ހ) މިގަވާޢިދުގައި އެކަޑަމީގެ މަގްޞަދުކަމަށް ބަޔާންކޮށްފައިވާ ކަންތައްތައް ޙާސިލްކުރުމަށް ކުރަންޖެހޭކަންތައްތައްކުރުން؛
(ށ) އެކަޑަމީގެ ބޯޑުގެ އަހަރީ ޖަލްސާއެއް ކުރިއަށް އޮތްނަ އަހަރަށް އެކަޑަމީ ހިންގުމާއި ބެހޭކަންތައްތައް ނިންމުމަށްޓަކައި ކޮންމެ މީލާދީ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ގެ ކުރިން ބޭއްވުން؛
(ނ) ކޮންމެ ދެއަހަރަކުން އެއްފަހަރު އެކަޑަމީގެ އަހަރީ ޖަލްސާގައި އެކަޑަމީގެ ރައީސާއި ނާއިބް ރައީސް އެކަޑަމީގެ ބޯޑްގެ މެމްބަރުންގެ ތެރެއިން އިންތިޚާބުކުރުން؛
(ރ) އެކަޑަމީގެ ބޯޑުން ކަނޑައަޅާ ކަންތައްތަކެއް ހިންގުމަށްޓަކައި އުފައްދަންޖެހޭ އިތުރު ބައިތަށް ނުވަތަ ކޮމެޓީތަށް ނުވަތަ ރިސާޗް ޔުނިޓް އުފެއްދުން؛
(ނ) އެކަޑަމީގެ އަސާސީ ގަވާޢިދަށް އުނިއިތުރުގެނައުން
(ރ) އެކަޑަމީގެ އަހަރީ ޖަލްސާގައި އެކަޑަމީ ކުރިއަށް އޮތް އަހަރަށް ހިންގަންޖެހޭ މުހިއްމު ކަންތައްތައް ހުށަހަޅައި ފާސްކުރުން؛
(ބ) އެކަޑަމީ ގެ އަހަރީ ރިޕޯޓް ފާސްކުރުން
|
|
9 |
އެކަޑަމީ ބޯޑްގެ ގާނޫނީ ޢަދަދު
|
އެކަޑަމީ ބޯޑުގެ ޖަލްސާގެ ގާނޫނީ ޢަދަދަކީ އެކަޑަމީ ބޯޑުގެ މެމްބަރުންގެ ޖުމްލަ ޢަދަދުގެ ....އެއްބައެވެ.
|
|
10 |
ވޯޓްލުން
|
އެކަޑަމީ ބޯޑުން އިންތިޚާބުކުރަން ޖެހޭ މަގާމްތަކަށާެއި، އެބޯޑަށް ހުށަހެޅޭ އެހެނިހެން މައްސަލަތަކުގައި އަމަލްކުރާނީ ތިރީގައި ބަޔާންކޮށްފައި މިވާ ގޮތަށެވެ.
(ހ) ބޯޑުން މަގާމަކަށް ނުވަތަ އެކަޑަމީ ހިންގުމާއި ބެހޭ ގޮތުން ގޮތެއް ނިންމުމުގައި ވޯޓަކަށް އަހައި ބޯޑުގެ އަޣްލަބިއްޔަތުން އެކަމެއް ފާސްކުރުން.
(ށ) ބޯޑުން ފާސްކުރަނީ ދީނީ މައްސަލައަކާއި ބެހޭގޮތުންކަމަށްވާނަމަ، މަދުވެގެންެބޯޑުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން އެކަމެއް ފާސްވާންވާނެއެވެ. އަދި އެކަމެއްގައި ބޯޑުގައި ހިމެނޭ މެމްބަރުންގެ މައިގަނޑު ޚިޔާލު ހުރިގޮތް ޝާއިޢުކުރުން.
(ނ) އިންތިޚާބުކުރެވޭ މަގާމްތަކަށް ސިއްރުވޯޓްނެގުން.
|
|
11 |
އެކަޑަމީގެ ރައީސްގެ މަސްއޫލިއްޔަތު
|
އެކަޑަމީގެ ރައީސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) އެކަޑަމީ ހިންގުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވުން.
(ށ) އެކަޑަމީގެ ބޯޑުގެ ބައްދަލުވުންތަކާއި، އަހަރީ ޖަލްސާއާއި، އެކަޑަމީގެ މިނޫންވެސް ބައްދަލުވުންތަކުގެ ރިޔާސަތު ބަލެހެއްތުން.
(ނ) އެކަޑަމީގެ ފަރާތުން ރަސްމީކޮށް ޢާންމުންނަށް އަންގަންޖެހޭކަންތައްތަކުގައި އެކަޑަމީގެ ތަރުޖަމާނެއްގެ ގޮތުން ވާހަކަދެއްކުން.
(ރ) އެކަޑަމީގެ ބޯޑުން އެކަޑަމީގެ ރައީސާއި ޙަވާލުކުރުމަށް ނިންމާކަމެއް.
|
|
12 |
އެކަޑަމީގެ ނާއިބު ރައީސް
|
އެކަޑަމީގެ ނާއިބު ރައީސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންވެގެންމިވަނީއެވެ.
(ހ). އެކަޑަމީގެ ރައީސް ޙަވާލުކުރައްވާ މަސްއޫލިއްޔަތެއް އަދާކުރުން.
(ށ) އެކަޑަމީގެ ރައީސްގެ މަސްއޫލިއްޔަތުކަމަށް ކަނޑައަޅާފައިވާ ކަންތައްތައް އެކަޑަމީގެ ރައީސަށް އެއްވެސް ސަބަބަކާއި ހުރެ ވަގުތީގޮތުން އަދާކުރެވެން ނެތް ޙާލަތެއްގައި އެމަސްއޫލިއްޔަތުތައް އަދާކުރުން.
(ނ) އެކަޑަމީގެ ރައީސް މަގާމުން އިސްތިޢުފާދެއްވައިފިނަމަ، ނުވަތަ ބޯޑުން އެއްވެސް ސަބަބަކާއިހުރެ ވަކިވެއްޖެނަމަ، ރައީސަކު ބޯޑުން އިންތިޚާބުކުރަންދެން، އެކަޑަމީ ހިންގުމާއި އެކަޑަމީގެ ރައީސުގެ ހުރިހާ މަސްއޫލިއްޔަތެއް އަދާކުރުން.
|
|
13 |
އެކަޑަމީގެ ސެކްރެޓޭރިއަޓު
|
އެކަޑަމީ ހިންގުމުގައި ސެކްރެޓޭރިއަޓުން އެކަޑަމީގެ ބޯޑުގެ މަޝްވަރާއާއި އެއްގޮތަށް އެކަޑަމީ ހިންގަންވާނެއެވެ. އެކަޑަމީގެ ސެކްރެޓަރީ އެކަޑަމީ ހިންގުމުގައި އެކަޑަމީގެ ރައީސާއި ނާއިބު ރައީސް އަންގާކަންތައްތައްކުރަންވާނެއެވެ. މީގެ އިތުރުން ތިރީގައި ބަޔާންކުރާކަންތައްތައް ކުރަންވާނެއެވެ.
(ހ) އެކަޑަމީގެ ޖަލްސާތަކަށް ކިއުމާއި ޖަލްސާތައް އިންތިޒާމުކުރުން؛
(ށ) އެކަޑަމީގެ އެންމެހާ ޖަލްސާތަކުގެ ޔައުމިއްޔާތައް ލިއުމާއި ބެލެހެއްޓުނ.
(ނ) އެކަޑަމީގެ ބޯޑުން ނިންމާ ނިންމުންތަކާއި ރިޕޯޓުތުތައް ޝާއިޢުކުރުން.
(ރ) އެކަޑަމީގެ އެންމެހާ މަޢްލޫމާތާއި، ހިސާބުތަކާއި، މެމްބަރުންނާއި ބެހޭ މަޢްލޫމާތު ގާއިމްކޮށް ބެލެހެއްޓުން.
(ބ) އެކަޑަމީގެ އަހަރީ ރިޕޯޓު ތައްޔާރުކުރުން.
(ޅ) އެކަޑަމީގެ ފަރާތުން އުފައްދަވާ އެކިއެކި ކޮމެޓީތަކަށާއި، އެފަދައެހެން ތަންތަނަށްބޭނުންވާ އިދާރީ އެހީފޯރުކޮށްދިނުން.
|
|
14 |
އެހެނިހެންކަންތައްތައް
|
(ހ) އެކަޑަމީގެ ބޯޑުން މެމްބަރަކު އެއްވެސް ސަބަބަކާއިހުރެ ވަކިވެއްޖެނަ އެމަގާމަކަށް ބޭފުޅަކު ޢައްޔަންކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިންނެވެ.
(ށ) އެކަޑަމީގެ ރައީސް ނުވަތަ ނާއިބް ރައީސް އިސްތިޢުފާ ދެއްވައިފިނަމަ ނުވަތަ އެއްވެސް ސަބަބަކާއިހުރެ އެކަޑަމީން ވަކިވެއްޖެނަމަ، އެމަގާމް ހުސްވާތާ ލަސްވެގެން ދެހަފްތާތެރޭގައި ބޯޑުން ހުސްވި މަގާމަށް ބޭފުޅަކު އިންތިޚާބުކުރަންވާނެއެވެ.
(ނ) ބޯޑުގެ މެމްބަރެއްގެ މައްޗަށް ޝަރުޢީ ކޯޓަކުން އިސްލާމްދީނުގައި ޙައްދުކަނޑައެޅިފައިވާ ކުށެއް ސާބިތުވެއްޖެނަމަ ބޯޑުން ވަކިވާނެއެވެ.
|